ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އައު އޮފީސް އިމާރާތުގެ އިންޓިރިއަރ ފިނިޝިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

 ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލުގެ އައު އޮފީސް އިމާރާތުގެ ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

ބިޑު ހުށަހެޅުން

5 އޮގަސްޓް 2025

11:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި ބިޑަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ބިޑު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ކަރުދާސް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected]  އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

24 ޖުލައި 2025
ހޯދާ