ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 196 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 196

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

17 ޖުލައި 2025

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. ޖުލައިމަހު ރައްޔިތުންނައް އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 30 ޖުލައި 2025 ވަނަ ދުވަހު 13:00 ގައި ޤުރުއާންކުލާހުގައި ބޭއްވުމަށާއި މިބައްދަލުވުމުގައި ކުރިޔައޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި ބިނާވެށި ޕްލޭން އިސްލާޙްކުރުމަށް ހިޔާލުހޯދުމަށް މަޝްވަރާކުރުމަށް ނިންމުނު.
  2. ކެފޭ ހެދުމަށް ބިން ހޯދުމަށްއެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައިގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ބިޑް އުސޫލުން މިފަދަ މަސައްކަތްތަކަށް ބިންދޫކުރުމުގެ މަސައްކަތް ކުރިޔައްދާކަން އެންގުމަށް ނިންމުނު.
  3. ކައުންސިލުން ފޯރުކޮށްދޭ ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތަކުގެ ލިސްޓް އިސްލާޙްކޮށް ފާސްކުރެވުނު.
  4. މިސްކިތު މަސައްކަތު ދާއިމީ ވަޒީފާއަށް މުވައްޒަފަކު ނެގުމަށް ނިންމުނު.
  5. 4 ނަންބަރު ގޯއްޗާއިގުޅިގެން ރިފްއަތު މުޙައްމަދު ހުށަހަޅާފައިވާ މައްސަލައިގައި ބިމުގައި ކުރުމަށް އެދޭ މަސައްކަތް ސާފުކުރުމަށް އެފަރާތައް ސިޓީ ފޮނުވުމަށް ނިންމުނު.
  6. މަގުލަސް އަދި ސައިލާބު ގޯތި ދޫކުރެވިފައިވާ ގޮތް ކޮށީގެ އިރުން ހުޅަނގަށް ވާގޮތައް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިޔައްގެންދާކަމަށާއި ގޯތީގެ ވަށައިގެންވާ މަގު ސާފުކރުމަށް އެންގުމަށް ނިންމުނު.
  7. ދަނޑުބިން ހޯދުމަށް 2 ފަރާތަކުން ހުށަހަޅާފައިވާ މައްސަލާގައި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތައް ބިޑް އުސޫލުން ބިންދޫކުރުމުގެ ކަންކަން ކުރިޔައްދާކަމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެންގުމަށް ނިންމުނު.
  8. ކައުންސިލްގެ ރައީސް އެދިލައްވާފައިވާ ގޮތުގެމަތީން އަހަރީ ޗުއްޓީގެ 10 ދުވަސް ހަމަޖެއްސުމަށް ނިންމުނު.
17 ޖުލައި 2025
ހޯދާ