ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ހިންގާ އިމާރާތުގެ ތިރީގައި، މިދަންނަވާ މަސައްކަތްތައް 1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

-  ބަދިގެ އަދި ރެސްޓޯރެންޓުގެ އިކްވިޕްމަންޓްސްތަކަށް ދިމާވާ މައްސަލަތައް

-  ކަރަންޓަށް ދިމާވާ މައްސަލަތައް

-  ފެންވައިރާއި ނަރުދަމާ ނިޒާމަށް ޖެހޭ މައްސަލަތައް

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ، މައުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 4 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

02 ޛުލްޙިއްޖާ 1436                   

16 ސެޕްޓެންބަރު 2015
ހޯދާ