މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކޮށް ޑޮކިޔުމަންޓްތައް ސްކޭންކުރުމުގެ މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުން.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކޮށް ޑޮކިޔުމަންޓްތައް ސްކޭންކުރުމުގެ މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުން.

 

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކޮށް ޑޮކިޔުމަންޓްތައް ސްކޭންކުރުމުގެ މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުމަށް ބޭނުންގެން ކުރެވުނު ނަންބަރު

  (IUL)218-Admin/1/2025/4(13 ޖުލައި 2025) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 31 ޖުލައި 2025 ވާ  ބުރާސްފަތި ދުވަހު ގެ 23:59 ގެ ކުރިން [email protected] އަށް (އިޢުލާން ނަންބަރ، ކުންފުނީގެ ނަން، ޕަވަރ އޮފް އެޓަރނީގެ ނަމާއި އީ-މެއިލް އަދި ފޯނު ނަންބަރ އަދި އަމިއްލަ ފަރާތެއް ނަމަ ފުރިހަމަ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި އީ-މެއިލް އަދި ފޯނު ނަންބަރ) އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 11 އޮގސްޓް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ  5 ވަނަ ފަންގިފިލާގައިއެވެ. މި އިޢުލާނާއެކު ބީލަން މަޢުލޫމާތު ޝީޓް ހިމެނޭހެން  ގެޒެޓް ކުރެވިފައިވާނެއެވެ.

ޝައުގުވެރިކަން ފާޅު ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި އޮތޯރިޓީން އިރުޝާދު ދޭ ގޮތަކަށެވެ.

 

ޖެނެރަލް އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ސަޕޯރޓް ޔުނިޓް

އެޑްމިނިސްޓްރޭޝަން ސެކްޝަން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް

އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]       ފޯން: 3026656 /    3026676

24 ޖުލައި 2025
ހޯދާ