މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ޕުރީ ސުކޫލް ކުޅޭ ބިމުގައި ނުނިމިހުރި މަސައްކަތްތަކާއި ގުޅޭ

 

 

އިޢުލާން

ހެނބަދޫ ޕުރީ ސުކޫލް ކުޅޭ ބިމުގައި ނުނިމިހުރި މަސައްކަތްތަކާއި ގުޅޭ

                      މި ކައުންސިލްގެ މަޢުލޫމާތު ޝީޓް އާއި އެއްގޮތަށް ހެނބަދޫ ޕުރީ ސުކޫލު ކުޅޭ ބިމުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އެ ދުވަހުގެ 13:15  އަށް މި އިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުން އެދެމެވެ. ސިޓީ ހުށަހަޅާއިރު އަގު އަދި މުއްދަތު ބަޔާންކުރެއްވުން އެދެމެވެ.

                      މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި ޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ   ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ:19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                        28 މުޙައްރަމް 1447

                          23 ޖުލައި 2025      

 

24 ޖުލައި 2025
ހޯދާ