ދިވެހިރާއްޖެ
އިޢުލާން
ހުއްދަ ހޯދުމެއްނެތި ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ރުއްގަސް އިންދުމާއި ގުޅޭ |
ނަމްބަރު: (IUL)264/PRIV/2025/64 |
ތާރީޚު: 23 ޖުލައި 2025 |
ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެންލުން ލިބޭގޮތަށް ރަށުގެ ވާ ކޮށައި އަދި އަންދާ އެތަންތަނުގައި ފަތްކޭލުގެ ބާވަތްތައް އިންދަމުންގެންދާކަން މި ކައުންސިލަށްވަނީ ފާހަގަވެފައެވެ. މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި ޤާނޫނު ނަންބަރ 98/21 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްތަކާއި ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައި ރުއްގަސް އިންދަންވާނީ، އެ ރަށެއްގެ ކައުންސިލްގެ ހުއްދާއާއެކު ކަމަށް ބުނެފައިވާހިނދު ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވާ ކޮށައި، އަންދާ އެތަންތަނުގައި ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހައްދަމުންދާ ފަރާތްތަކަން އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.
ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދައި ރަށުގެ ވާ ކޮށައި އަންދާ އެތަންތާގައި ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހެއްދުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.