އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި އދ. މާމިގިލިން ގޯތި ދޫކުރުމާއިގުޅޭ

ދިރި އުޅުމަށްޓަކައި މިރަށުން ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

މި ރަށުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 308 ގޯއްޗެވެ . މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މި ރަށުގެ ލޭންޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ފާހަގަ ކޮށްފައިވާ ސަރަޙައްދުންނެވެ. 

ގޯއްޗަށްއެދޭ ފޯމް ދޫކުރުމާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 29 ވަނަ ދުވަހުން 2025 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު 12:00 އާ ދެމެދު އދ.މާމިގިލީ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ދޫކުރުމާ ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 2025 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ މިކައުންސިލް އިދާރާއިންނެވެ. 

އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ލިޔުންތައް     

  1. ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ޝަރުޠުތައް
  2. ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނޭ ގޮތުގެ މިންގަނޑުތައް 2025
  3. އަރިއަތޮޅު ދެކުނުބުރީ މާމިގިލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު-2025
  4. ގޯތި ދޫކުރާ ސަރަޙައްދު އެނގޭނޭ ޗާޓް
  5. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  6. ލިބިފައިވާ ބޯހިޔާވަހިކަމެއްދޫކޮށްލުމަށް ވެވޭ އެއްބަސްވުން ޖަދުވަލު 4 ،5

            ވީމާ، މިރަށުން ގޯއްޗަށް އެދޭ ފަރާތް ތަކުން މަތީގައިވާ ގޮތުގެމަތިން ގޯއްޗަށްއެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680538  މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.    

 

23 ޖުލައި 2025
ހޯދާ