މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔަތުންނާއި ބައްދަލުކުރުން
ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔަތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ކޮންމެއަހަރަކު ޖުލައި މަހު ބާއްވަންޖެހެއެވެ. އެހެންކަމުން މި ކައުންސިލްގެ ފަރާތުން ރައްޔަތުންނާއި އެކު މިމަހު ބާއްވާ ބައްދަލުވުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުރޭ 20:30 ގައި މ. ނާލާފުށީ ސްކޫލްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
- 2026 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް ހުށަހެޅުން
- 2026 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓް ހުށަހެޅުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔަތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 ޖުލައި 2025
ހޯދާ