ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކައުންސިލްގެ ކުރިޔައްއޮތް އަހަރުގެ މަސައްތު ތާވަލާއި ބަޖެޓް ހިއްސާކުރުމަށް ޖުލައިމަހު  ރައްޔިތުންނަށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 30 ޖުލައި 2025 ވާ ބުދަދުވަހު 13:00 ގައި ރައްޔިތުންގެ ޤުރުއާންކުލާހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ. ވީމާ، މިބައްދަލުވުމަށް ވަންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ. އަދި ބައްދަލުވުމުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ރަސްމީގަޑީގައި ކައުންސިލް އިދާރާއިން އަދި ތިރީގައިވާ ގޫގަލް ޑްރައިވް ލިކުން ފެންނަންހުންނާނޭކަމުގައި ދެންނެވީމެވެ.

  1. 2026 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ހިޔާލު ހޯދުން.
  2. 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ހިޔާލު ހޯދުން.
  3. ލޭންޑް ޔޫސް ޕްލޭން އިސްލާޙްކުރުމާއިމެދު މަޝްވަރާކުރުން.
  4. ކައުންސިލްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަހެޅުން.
  5. ތަރައްޤީގެ ޕްލޭނަށް އަމަލީސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ހިއްސާކުރުން.
  6. ރަށުގެ ބަނދަރު ކޮންސެޕްޓް ފާސްކުރުން.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 ޖުލައި 2025
ހޯދާ