ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A2/1/2025/19 (21 މޭ 2025) އިޢުލާނުން މި ކޯޓަށް ފޮޓޯ ނަގާ ކެމެރާ (އެކްސެސަރީސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ރިކުއަޔަރމަންޓްއަށް ނުފެތޭތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޮގަސްޓު 2025 ވާ އަންގާރަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 05 އޮގަސްޓު 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.