މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުމުރާއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ރަސްގެތީމު ކައުންސިލުގެ ފަރާތުން ކޮންމެ އަހަރަކުވެސް 2 ފަރާތެއް ޢުމުރާއަށް ފޮނުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)300-EC/300/2025/41 (01 ޖުލައި 2025 ) ގެ އިޢުލާންއަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް އަންދާސީ ހިސާބުހުށަހެޅުއްވުން އެދެމެވެ. އަދި ދެވޭނެ ޚިދުމަތްތަކުގެ ތަފްޞީލް  ހުށަހަޅަންވާނެއެވެ. އަދި އަގުގެ ތެރޭގައި ދެވޭ ޚިދުމަތާއި އަގުގެ ބޭރުން ދެވޭ ޚިދުމަތް ވަކީން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ފޯމު އިންނެވެ.

           އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ވީމާ ހުށަހަޅާ އަންދާސީ ހިސާބުތައް އީ-މެއިލް ކުރައްވާނީ[email protected]  އަށެވެ.

           އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:  7946811 ފޯނަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުލައި 2025
ހޯދާ