ދިވެހިރާއްޖެ
އިޢުލާނު
2025 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 29 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ދާދިވަރުކޮށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.
- 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު
- 2025 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ މާލީ ހިސާބުތައް
- 2025 ވަނަ އަހަރު ހިންގުމަށް ކުރިއަށް ރޭވިފައިވާ ޙަރަކާތްތައް
- 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓާއި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލް ޢާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާޢްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.