މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމްޕީއެލް ނޯތު ޕޯޓްގައި އިމާރާތް ކޮށްފައިވާ 06 ނަމްބަރު ލޮޓް ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނީގެ ބޭނުމަށް އެމްޕީއެލް ނޯތު ޕޯޓްގައި އިމާރާތް ކޮށްފައިވާ 06 ނަމްބަރު ލޮޓް ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ޢިއުލާނާއި ގުޅިގެން ބިޑްގައި ބައިވެރިވުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ ޢިއުލާން (IUL)113-PD/1/2025/34 ނަމްބަރ ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ.

               ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މަޢުލޫމާތު ސާފުކުރުން

 

04 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

     މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

                   އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039294 އަށެވެ.

22 ޖުލައި 2025
ހޯދާ