އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލް ހޯލަށް ބޭނުންވާ ލެޑްޕެނަލް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން
- މި ސްކޫލް ހޯލަށް ލެޑްޕެނަލް ގަތުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިއަދުން (22 ޖުލައި 2025) ފެށިގެން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.
- މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިން އޮންނާނީ 03 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރުމުން މިއިޢުލާނާއި ގުޅޭ ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށަހަޅުއްވަންވާނީ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
އައްޑޫ ހައި ސްކޫލް
ހިތަދޫ،އައްޑޫ
ފޯން: 6885796
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
27 މުހައްރަމް 1447
22 ޖުލައި 2025
22 ޖުލައި 2025
ހޯދާ