ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރަށް ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ
2026 ވަނަ ދިރާސީ އަހަރަށް މިސްކޫލުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެ ގޮތް:
ގްރޭޑް |
2026 ވަނަ އަހަރު ސްކޫލަށް ކުދިން ވައްދާ އުމުރު ފުރާތައް |
އެލް.ކޭ.ޖީ |
2025 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2025 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެވެ. |
ގްރޭޑް 1 |
2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، 2025 ވަނަ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެވެ. |
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
- އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތަށް ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ފުރުޞަތު ދެވިދާނެއެވެ.
- މިހާރު މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވަމުންދާ ދަރިވަރުން، ޔޫ.ކޭޖީއަށް ނުވަތަ ގުރޭޑް 1 އަށް ބަދަލުވުމަށް ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
ވީމާ، ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ("އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމަށް އެދޭފޯމު" ނުވަތަ "އެލް.ކޭ.ޖީ ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމަށް އެދޭފޯމު") ފުރިހަމަ ކުރެއްވުމަށްފަހު 2025 އޯގަސްޓް 31 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމާއެކު މިދަންނަވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ
- ބެލެނިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ
- ކުއްޖާގެ ވެކްސިންގ ކާޑުގެ އަސްލާއި ކޮޕީ
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 09:00 ން 13:00 އަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.