ދިވެހިރާއްޖެ
އިޢުލާން
ދަންޑަހެލު ފުޓުބޯޅަ ދަނޑުގައި ބަހައްޓާފައިހުރި އަމިއްލަ ބައެއް ފަރާތްތަކުގެ ތަކެއްޗާއިބެހޭ:
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރ. ދުވާފަރު ދަންޑަހެލު ފުޓުބޯޅަ ދަނޑުގައި އަމިއްލަ ބައެއް ފަރާތްތަކުން ބައެއް ތަކެތި ބަހައްޓާފަ ހުރުމުން އެތަކެތީގެ ވެރިފަރާތްތަކުން އެ ތަކެތި ދަނޑުން ނެރެގެން ގެންދިއުމަށް މި އިދާރާގެ ނަމްބަރ: (IUL)304-EDS/304/2025/124 (09 ޖުލައި 2025) ގެ އިޢުލާނުންވާނީ ޢާއްމުކޮށް އަންގާފައެވެ.
ދަނޑަކީ ތަފާތު ކުޅިވަރުތައް ކުޅުމަށާއި ކަސްރަތު ކުރުމާއި ހިނގަން ބޭނުންވާ އެކި އުމުރު ފުރައިގެ މީހުންނާއި ކުދީން ގޮސްއުޅޭ ތަނަކަށްވާއިރު އެގޮތަށް އެފަދަ އެއްޗެހި ބަހައްޓާފައި ހުރުމުން ދަނޑުގެ ބޭނުންކުރާ ފަރާތްތަކަށް އުނދަގޫ ވުމުގެ އިތުރަށް ފަހަރެއްގައި އަނިޔާއެއް ވުމަކީވެސް އެކަށީގެންވާކަމެއް ކަމުގައިވާތީ، 2025 އޮގަސްޓު 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފަދަތަކެތި ދަނޑުން ނެރެގެން ގެންދިއުމަށް އަންގަމެވެ.
މިއީ މި ގޮތުން ކުރެވޭ ދެ ވަނަ އިޢުލާނު ކަމަށްވާތީ އިތުރު ފުރުސަތެއް ދިނުމަކާނުލާ މި މުއްދަތުގެ ތެރޭގައި ދަނޑުގައިހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނު ގެންގޮސްފިނަމަ، އެތަކެތީގެ ވެރިފަރާތެއްނެތީ ކަމަށް ބަލައި އެތަކެތި މި ކައުންސިލަށްނަގައި ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
27 މުޙައްރަމް 1447
22 ޖުލައި 2025