ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ނަމްބަރު (IUL)BAH-AHR/BAH/2025/64 20 ޖުލައި 2025 އިޢުލާނާއިގުޅިގެން ކޯޓޭޝަން ހުށަހަޅާފައިވަނީ 1 (އެކެއް) ފަރާތުންކަމަށްވާތީ، އެ އިޢުލާނު ބާޠިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ބޭނުންކުރާ ލޯންޑްރީއަށް އިތުރުކުރާބައިގެ މަސައްކަތް ކުރުމަށް ބޭނުންވާ ( ކޯޓޭޝަން ) ހުށައެޅުމަށް ހުޅުވާލުން.
ބ.އަތޮޅު ހޮސްޕިޓަލުގައި މިހާރު ބޭނުންކުރަމުންދާ ލޯންޑްރީއަށް އިތުރުކުރާ ބައިގެ މަސައްކަތް މިހޮސްޕިޓަލުން ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9559102 އަށް ގުޅުއްވުން އެދެމެވެ.