ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ބަރާސީލް އަވަށުގެ ޓާރފް ދަނޑުގެ ޓާރފް ބަދަލުކުރުމާއި ޓާރފް ދަނޑުތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސިޓީގެ ބަރާސީލް އަވަށުގެ ޓާރފް ދަނޑުގެ ޓާރފް ބަދަލުކުރުމާއި ޓާރފް ދަނޑުތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 04 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާ އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 ރެޖިސްޓްރޭޝަން މުއްދަތު  | 
 21 ޖުލައި 2025 އިން 04 އޮގަސްޓް 2025 އަށް  | 
 -  | 
 04 އޮގަސްޓް 2025 ގެ 14:00އަށް  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާ / އީމެއިލް މެދުވެރިކޮށް  | 
| 
 ބީލަން ހުށަހެޅުން  | 
 14 އޮގަސްޓް 2025  | 
 ބުރާސްފަތި  | 
 11:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  | 
