މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކުރަތު ޕްރީ ސްކޫލްގެ ބައެއް މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

މާކުރަތު ޕްރީ ސްކޫލްގެ ބައެއް މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލުގެ ފަރާތުން ހިންގަމުން ގެންދާ މާކުރަތު ޕްރީ ސްކޫލުގެ ތިރީގައި ދެންނެވިފައިވާ، މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1. ޤުރްއާން ކުލާސް ހިންގާ ކްލާސް ރޫމުގެ ހުޅަނގު ފަރާތު ސީލިންގ ކޯނިސް ބޯޑަރުން ހަލާކުވެފައިވާ ބައި ނަގައި އައު ކޯނިސް ބޯޑަރު ހަރު ކުރުން (ހަރުކުރަންޖެހޭ ބޯޑަރުގެ ދިގުމިނަކީ 28 ފޫޓެވެ. އަދި މިހާރު ހަރުކުރެވިފައިވާ ބޯޑަރުގެ ޑިޒައިނާ ގާތްކުރާ ޑިޒައިނެއްގެ ބޯޑަރު ހޯދާ ހަރުކުރުން)

2. ޤުރްއާން ކުލާސް ހިންގާ ކުލާސް ރޫމުގެ ބޮޑު ދޮރާއި ދޮރުފަތް ނަގައި އައު ދޮރާއި ދޮރުފަތް ހަރުކުރުން. މިގޮތުން ހަރުކުރާނީ އެލްމިނިއަމް ދޮރާއި ދޮރުފަތެވެ. ދޮރާއި ދޮރުފަތް ހަދާނީ އެލްމިނިއަމް ހުދުފަތީގައެވެ. ފެންލައިޓަށް ބިއްލޫރި އަދި ދޮރުފަތަށް އެލްމިނިއަމް ޝީޓް ލައްވައިގެންނެވެ.

3. ޕްރީ ސްކޫލް ކުލާސް ރޫމްގައި މަޑު ކުލައެއްގެ ނެވިލޯން އެޅުން. (ނެވިލޯން އަޅަންޖެހޭނީ 19ފޫޓު، 28ފޫޓު ގެ އޭރިޔާއެއްގައި)

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިކައުންސިލަށް ޙާޟިރުވެ އަގު ހުށަހަޅާ ފޯމު ނުވަތަ ފޯމާއެކު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަގު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ. އަގު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މުޙައްރަމް 1447

21 ޖުލައި 2025
ހޯދާ