މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ނަރު ވަޅުލުމަށް މަގުމަތި ކޮނެދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ކަރަންޓް ނަރު ވަޅުލުމަށް މަގުމަތި ކޮނެދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލުގެ ފަރާތުން ކަރަންޓް ނަރު ވަޅުލުމަށް ބޭނުންވާ މަގުތައް ކޮނެ، ނަރު ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ކަރަންޓް ނަރު ވަޅުލުމަށް ކޮންނަންޖެހޭ ކޯރުގެ ފުންމިނަކީ "30(ތިރީސް) އިންޗިއެވެ. އަގު ހުށަހަޅާނީ 1 ފޫޓުގެ ދިގުމިނުގެ ކޯރު ކޮނެ ނަރު ވަޅުލައި ދެވޭނެ ރޭޓް ދިވެހި ރުފިޔާއިންނެވެ. ވަޅުލުމަށް ބޭނުންވާ ނަރާއި، ވޯނިންގ ޓޭޕް މި ކައުންސިލުން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް މަސައްކަތް ކުރުމަށް ބޭނުންވާ އެހެނިހެން ހުރިހާ ވަސީލަތްތަކެއް ހޯދުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށް މިކައުންސިލަށް ޙާޟިރުވެ އަގު ހުށަހަޅާ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަގު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ޢާންމު ކުރެވިފައި ވާނެ ވާހަކަ ދަންނަވަމެވެ. އަގު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މުޙައްރަމް 

21 ޖުލައި 2025
ހޯދާ