ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ޕިއަރ ރިކަވަރީ މެންޓަރ (ގްރޭޑް 2) (ކޮންޓްރެކްޓް / 2 އަހަރު)

މަޤާމް :Senior Peer Recovery Mentor
ބޭނުންވާ އަދަދު :2

އިޢުލާން

މަގާމު

ސީނިއަރ ޕިއަރ ރިކަވަރީ މެންޓަރ (ގްރޭޑް 2) (ކޮންޓްރެކްޓް / 2 އަހަރު)

ބޭނުންވާ ޢަދަދު

02 (ދޭއް)

މުސާރަ  އާއި އެލަވަންސް

  1. މުސާރަ: -/5020 (ފަސްހާސް ވިހި) ރުފިޔާ
  2. ފީލްޑް އެލަވަންސް:  -/4000 (ހަތަރުހާސް) ރުފިޔާ
  3. ސްޕެޝަލް ޑިއުޓީ އެލަވަންސް: -/100 (ސަތޭކަ) ރުފިޔާ ވަޒީފާއަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް
  4. އިތުރުގަޑީ އިނާޔަތް: އުސޫލުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ
  5. ރިސްކް އެލަވަންސް: -/100 (ސަތޭކަ) ރުފިޔާ ވަޒީފާއަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް
  6. ފޯނު އެލަވަންސް: -/350 (ތިން ސަތޭކް ފަންސާސް) ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / އެން.ޑީ.އޭއިން އެވަގުތަކު ކަނޑައަޅާ ސެންޓަރެއްގައި (އަތޮޅު ތެރޭގައި ގާއިމްކުރެވިފައިވާ ސެންޓަރުތައް ހިމެނޭގޮތަށް) މަސައްކަތްކުރައްވާގޮތަށް

އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިތައް

ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު

ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

 

  1. ކްލައިންޓުންނަށް އެން.ޑީ.އޭއިން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން .
  2. މަސްތުވާތަކެއްޗާއި ނުލާ، ޒިންމާދާރު ހަރުދަނާ ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމާއިއެކު ނަމޫނާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމަށް ރީއިންޓެގްރޭޝަން ސެކްޝަނުން ކުރާ މަސައްކަތުގައި އެހީތެރިވެދިނުން.
  3. ފަރުވާ ނިންމާ ކްލައިންޓުން މަސްތުން ސާފުވެހުރުމަށް އެހީތެރިވެދިނުން.
  4.  ރަނގަޅު ވަޒީފާއެއް އަދާކުރުމަށް ނުވަތަ ހެޔޮގޮތުގައި އާމްދަނީ ހޯދުމަށް ކްލައިންޓުން މޯޓިވޭޓްކުރުން.
  5. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ މުޖުތަމަޢުގައި ގިނަ ގޮންޖެހުންތަކާއި ޢާއިލީ އަދި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ލިބުމުގައި ގިނަ ދަތިތަކާއި ކުރިމަތިވާ އަދި ''ސްޓިގްމަޓައިޒް'' ވެފައިވާ ފަރާތްތައް ކަމަށްވާތީ، ޕިއަރ މެންޓަރުންގެ ފަރާތުން އެން.ޑީ.އޭގެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތައް ހޯދާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. މަސްތުން ސާފުވެ އެގޮތުގައި ދެމިހުރުމަށްޓަކައި ފަރުވާ ނިންމާފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަރާތްތަކުގެ ރިލެޕްސް ޕްރިވެންޝަންއަށް މަސައްކަތްކޮށްދިނުން.
  7. މިދާއިރާއިން ކުރިއެރުމަށް ހުޅުވާލެވޭ ތަމްރީނުގެ ފުރުސަތުތަކުގައި ބައިވެރިވުމާއި ކްލައިންޓުން ބައިވެރިކުރުމަށް ބާރުއެޅުން.
  8. އައުޓްރީޗް މަސައްކަތްތައް ކުރުން.
  9. ކްލައިންޓުންނާ ގުޅުންހުރި ސޯޝަލް ވޯރކް މަސައްކަތްތައް ކުރުން.
  10. ސެންޓަރަށް އަލަށް ގުޅޭ ކްލައިންޓުންނަށް އޮރިއެންޓޭޝަން ދިނުމުގައި އެހީތެރިވުން.
  11. "ބްރީފް އިންޓަރވެންޝަން" ޕްރޮގްރާމުތައް ހިންގުމުގައި އެހީތެރިވުން.
  12. ކްލައިންޓުންނާއި ކްލިނިކަލް މުވައްޒަފުންނާއި ދެމެދު ޕިއަރ ރިކަވަރީ މެންޓަރއެއްގެ ގޮތުން ޙަރަކާތްތެރިވުން.  
  13. ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް  ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  14. ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ހަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  15. އެކިއެކި ބޭނުންތަކަށް މަރުކަޒުން ބޭރަށް ގެންދެވޭ ކްލައިންޓުންގެ ކަންކަން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވުން.
  16. ސެންޓަރު ހިންގުމަށާއި މުވައްޒަފުން ޢަމަލުކުރުމަށް ހެދިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
  17. އެން.ޑީ.އޭއިން އެކިއެކި ކަންކަމުގައި ހަދާ ޓާސްކްފޯސްގައި މަސައްކަރްކުރުން، އިދާރީ މަސައްކަތްކުރުން، ޑާޓާ ބޭސސްގެ މަސައްކަތްކުރުން.
  18. ފަރުވާގެ ތެރެއިން ކުރިއަށްދާ ކުދިން ފަރުވާއަށް އެއްބާރުލުން ނުދީ، ނުކިއަމަންތެރިވެ ފަރުވާއިން ވަކިވާފަދަ ހާލަތްތަކުގައި، އެފަދަ ކްލައިންޓުން ފަރުވާއަށް މޯޓިވޭޓްކޮށް، ހިތްވަރުދިނުމުގައި ޕިއަރ ރިކަވަރީ މެންޓަރއެއްގެ ޒިންމާ އަދާކުރުމަށް ފަރުވާދޭ ސެންޓަރުތަކަށް ނުވަތަ ކްލިނިކްތަކަށް އެން.ޑީ.އޭއިން އަންގައިފިނަމަ ގޮސް ސުޕަވައިޒަރެއްގެ ދަށުން އެމަސައްކަތްކުރުން.
  19. މިދާއިރާއިން އުނގެނި އަދި ތަމްރީނު ފރުހަމަކޮށްފައިވާ ދާއިރާތަކުން ކްލައިންޓުންނަށް ހިދުމަތް ފޯރުކޮށްދިނުން.

ވަޒީފާގެ މުއްދަތު

1. ކޮންޓްރެކްޓް އުޞޫލުން 2 އަހަރު (ދޭއް) ، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 1 އަހަރާއި 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ.

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް

  1. އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  2. މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.
  3. ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.
  4. އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.
  5. ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުން.
  6. ވަޒީފާގެ ސިއްރު ހިފެހެއްޓުން.
  7. ހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

ތައުލީމީ ފެންވަރު:

  1. ގްރޭޑް 10 ނިންމާފައިވުމާއި  އެކު ޕިއަރ ރިކަވަރީ މެންޓަރ /އޯޖޭޓީ ގެ މަޤާމުގައި 2 (ދޭއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން  

މީގެ އިތުރުން ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެވޭނެއެވެ.

  1. އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  2. އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.
  3. ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"
  4. ތައުލީމީ ސަރޓިފިކޭޓްތައް
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް މެއިލްކުރައްވާނީ [email protected]އަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.                                 

21 ޖުލައި 2025
ހޯދާ