ދިވެހިރާއްޖެ
މި މިނިސްޓްރީން، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު IUL)138-PIS1/138/2015/48) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، ތިރީގައިވާ މަޝްރޫޢަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް، މި އިޢުލާނާ ހަވާލާދެއްވައި މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން، މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.
- ޏ. ފުވައްމުލަކު ރިންގް ރޯޑް އެކްސްޓެންޝަން މަޝްރޫޢު
ބިޑް ހުށަހެޅުމަށް 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004110 ފެކްސް:3004301
އީ-މެއިލް: [email protected]