ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
21 ޖުލައި 2025
|
ނަންބަރު:
|
(IUL)168-CA/1/2025/63
|
ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް
|
މަޤާމު:
|
އެސިސްޓަންޓު ޑިރެކްޓަރ (ކޮންޓްރެކްޓް)
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
|
ބޭނުންވާ މުއްދަތު:
|
22 ޑިސެންބަރު 2025 ގެ ނިޔަލަށް
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
ޝަރުޠު:
|
1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 1 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
4. ސީނިއަރ އޮފިސަރ މަޤާމުގެ ޝަރުތުހަމަވުމާއެކު ސީނިއަރ އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
- ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ވިލަރެސް ކުރުން.
- ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރއަށް ލަފާދިނުމާއި އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތްތައް ރާވައި ހިންގުން.
- ޑިޕާޓްމަންޓްގައި ޑިރެކްޓަރ ނެތް ޙާލަތެއްގައި ޑިޕާޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
- ކޮންމެ އަހަރެއްގެ ޑިޕާޓްމަންޓުގެ އެނުއަލް ވޯރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކުރުން.
- ކޮމިޝަނުން ކުރުމަށް ކަނޑައަޅުއްވާ ދިރާސާތަކުގެ ތެރެއިން ޑިޕާޓްމަންޓުން ކުރުމަށް ނިންމާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، އަދި މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، ކޮމިޝަނުން މި ރިޕޯޓްތައް ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރެއް ލައްވާ ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅިގެން، ކަމާބެހޭ މާހިރެއް ހޯދުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ މާހިރު މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރާއެކު މި އަތޮޅުތަކަށް ޒިޔާރަތްކުރުމާއި، މި ޒިޔާރަތްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓްތައް ފޮނުވުމުން ކޮމިޝަނުގެ ފަރާތުން މި ރިޕޯޓްތަކަށް ކޮމެންޓުކުރުމާއި، ކޮމިޝަނުން މި ރިޕޯޓްތައް ފާސްކުރުމާއި، ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ރޯލެއް އަދާކުރުން. އަދި ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި، އެ މާހިރުންނަކީ ރާއްޖެއިން ބޭރުގެ މާހިރެއްނަމަ، ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް ތަރުޖަމާކުރަންޖެހޭނަމަ، އެލިޔުންތައް ތަރުޖަމާކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މުވައްޒަފުންނަށް ލަފައާއި އިރުޝާދުދިނުން. ކަމާބެހޭ މާހިރުންގެ ރިޕޯޓްތައް ކޮމިޝަނުން ފާސްކުރުމުން، މި ރިޕޯޓްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމުގައި އަދި މި ދިވެހި ރިޕޯޓްތައް ޑިޕާޓްމަންޓް ލެވެލްގައި ފާސްކުރުމުގައި އިސް ރޯލެއް އަދާކުރުން.
- ކޮމިޝަނުން ކުރާ އެންމެހައި މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރުން،
- އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ކޮމިޝަނުން ހަދަން ނިންމާ ޑެސްކް ރިވިއުތައް ހެދުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުން،
- ޑިޕާޓްމަންޓްއިން ތައްޔާރުކުރާ ދިރާސާ ތަކާއި ރިސާޗްތަކާ ގުޅިގެން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ މީޑިޔާ ޕްރޮގްރާމް، ބައްދަލުވުން އަދި މިނޫންވެސް ގޮތްގޮތަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާ ކުރުން.
- މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ އިތުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން، ސީނިއަރ ރިސަރޗް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން،
- ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެ ދިނުން
- އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
- އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
- މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
ސުންގަޑި:
|
2025 އޮގަސްޓު 03 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|