މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ކުރިމަތިލުމުގެ ފުރުޞަތު

ހުޅުމާލެ ފޭސް 2 ގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ކުރިމަތިލުމުގެ ފުރުޞަތު، މިނިސްޓްރީގެ ފަރާތުން ހުޅުވާލަމެވެ. މިގޮތުން ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރު.އެޕް.ޕީ.) ވަނީ މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައެވެ. މިދެންނެވުނު އާރް.އެފް.ޕީ. އާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތިރީގައި ދެންނެވިފައިވާގޮތަށް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަލްފާޟިލް މުޙައްމަދު ޢާޡިމް

ޑިރެކްޓަރ ޖެނެރަލް، ހައުސިންގ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ

Email: [email protected].

އާރު.އެފް.ޕީ. ގެ މަޤްޞަދަކީ، ހުޅުމާލެ ފޭސް 2 ގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ މަޝްރޫޢުތައް ކުރިޔަށް ގެންދާނެ ފަރާތްތަކެއް ހޯދުމެވެ.

މިގޮތުން އާރު.އެފް.ޕީ. އާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯޒަލް ހުށަހެޅުމަށް މި މިނިސްޓްރީގެ ފަރާތުން ފުރުޞަތު ހުޅުވާލަމެވެ. ފްރޮޕޯޒަލްތައް އިވެލުއޭޓްކުރެވޭނީ އާރު.އެފް.ޕީ. ގައި ހިމެނިފައިވާ ގޮތުގެމަތިންނެވެ. ޕްރޮޕޯޒަލްތައް ހުށަހަޅުއްވާނީ، ތިރީގައި ދެންނެވިފައިވާ އެޑްރެހަށެވެ.

އަލްފާޟިލް މުޙައްމަދު ޢާޡިމް

ޑިރެކްޓަރ ޖެނެރަލް، ހައުސިންގ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު

މާލެ، ދިވެހިރާއްޖެ.

ފޯން: 118 3004 960 , 300 3004 960  ، ފެކްސް: 301 3004 960

14 ސެޕްޓެންބަރު 2015
ހޯދާ