ދިވެހިރާއްޖެ
އިޢުލާން
މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2025/362 ޢިއުލާނަށް އެކަށީގެންވާ ޢަދަދަށް ބައިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލުން
އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2 " ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2025/362 ޢިއުލާނަށް އެކަށީގެންވާ ޢަދަދަށް ބައިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓަށް [email protected] މެއިލް ކުރެއްވުން އެދެމެވެ. އަދި ކުރިން މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)426-AD/426/2025/362 އާއި ގުޅިގެން ޝައުގުވެރިވާކަމަށް ނަންތައް ދެއްވާފައިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އަލުން ނަން ހުށަހަޅަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 މުޙައްރަމް 1447
21 ޖުލައި 2025