މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭރު ވާޓަރުގައި ލޯންޗްފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބަނދަރު ބޭރު ވާޓަރުގައި ލޯންޗްފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބަނދަރުގެ ބޭރު ވާޓަރުގައި ލޯންޗު ފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބަނދަރުގެ ބޭރު ވާޓަރު ގައި ލޯންޗުފަހަރު އެޅުމަށް ބޭނުންވާ ޖެޓީ ހެދިފައި  ހުންނަން ވާނީ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ގޮތުގެ ތަފްސީލް މައުލޫމާތް ޝީޓްގައި ހިމަނާފައި ވާނެއެވެ.  

 

 މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރ: 2014/19) ގެ ދަށުންރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު[email protected]އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަޖިސްޓްރޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު ހުށަހެހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް 04 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:00 މި އިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިޔަށް ގެންދެވޭނެ އެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށައަޅަން ކަޑައެޅި ފައިވާ ތާރީޙާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އެވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތު: %20 (ތިރީސް) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ : (ދިހައެއް) ޕޮއިންޓް ( ވެލްޑިންގ އަދި ކޮންސްޓްރަކްޝަން)

 ވީމާ މިކަނމަށް ޝައުގު ވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އެއްމެ ރަނގަޅު ޕްރޮޕޯސަލެއް ހޮވުމުގައި ބަލާނީ ލިބޭ މާރކްސްއަށާއި މަސައްކަތު ތަފްސީލުގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރާ ފަރާތުގެ ހުނަރުވެރިކަމާއި ޤާބިލްކަމާއި ފެންވަރަށް ރިޢާޔަތް ކޮށެވެ. ވީމާމިކަން އާއްމުކޮށް އެއްގުމަށްޓަކާ އިޢުލާންކުރީމެވެ.

20 ޖުލައި 2025
ހޯދާ