ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

 މިއިދާރާއަށް އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-385022

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ  ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ.

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓް

މުސާރަ:

7035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 (ނުވަސަތޭކަ) ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސްޕެޝަލް ޑިޔުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 .

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.    
  3. މުނިސިޕަލް އެންޑް ސޯޝިއަލް ސަރވިސަސް ޔުނިޓުން ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ޤާނޫނާއި ޤަވާޢިދާއި އިޖްރާޢީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ޒިންމާދާރު ކަމާއެކު ކުރުމާއި ކުރުވުން
  4. ބިންބިމާއި ގޯތި ގެދޮރާއި ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި ބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން މިލްކުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  5. ރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތުގެޕުލޭން ހެދުމާއި ޕްލޭނަށް ބަދަލުގެނައުމާއި، އަންނަ ބަދަލުތަކާއެއްގޮތަށް އެކަން ކުރުވުމާއި ރަށުގެ ތަރައްޤީ ޕްލޭން ހެދުމަށް އެހީތެރިވުން                  
  6. ބިމާއި ގޯތިގެދޮރާއި ރަށްވެހިންގެ ރަޖިސްޓަރީއާއި ރަށުގެ އާބަދީއާއި ރަށުގައި ދިރިއުޅޭ ބިދޭސީންނާއި، ދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  7. ރަށުގައި މުނިސިޕަލް ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލުން އެކުލަވާލަން ޖެހޭ އުޞޫލުތައް އެކުލަވާ އެފަދަ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  8. ރަށުގެ ކުނިމޭޖްކުރުމާއި ރަށުގެ މަގުތަކާއި ޢާންމުތަންތަނާއި އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން  
  9. ކައުންސިލްގެ އިދާރާ ފިޔަވައި، ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ތަކެއްޗާއި، ސަރުކާރާއި ރައްޔިތުންގެ ތަކެތި ބެލެހެއްޓުމާއި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  10. އެކިއެކި ކަންކަމަށް ހޯދަންޖެހޭ ބިމާއި ގުޅޭގޮތުން ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ދިނުމާއި ރަށުގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދާއެއްގޮތަށް އެކިކަންކަމަށް ބޭނުން ކުރަންޖެހޭ ބިންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  11. ރުއްގަސް އިންދުމަށް ހުއްދަ ދިނުމާއި ރުއްގަހުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުމާއި، ޤަވާޢިދާއި ޚިލާފަށް އިންދާ ރުއްގަހާއި ބެހޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި ރަށުގެ ވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރަށުތެރެ ފެހި ކުރުމާއި ރައްޔިތުންގެ ބިންތަކާއި ޕާކުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
  12. ރަށުގެ ބަނދަރުގައި ޤަވާއިދާއި ޚިލާފަށް އޮޑި ދޯނި ފަހަރު އެޅުމާއި، ރަށުގެ ބަނދަރުގެ އެއްގަމު ތޮއްޓާއި އެނޫންވެސް ތަންތަނުގައި ޤަވާޢިދާއި ޚިލާފަށް ތަކެތި ބެހެއްޓުމުގެ ކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުވުން   
  13. އިސްލާމީ ވަޙްދަތު ދިރުވާ އާލަކުރުމާއި ޢީދު، ކޭތަނަމާދާއި، ކަށުނަމާދާއި ތަރާވީޙް ނަމާދާއި ދަމުނަމާދާއި އިސްތިސްޤާ ނަމާދު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކަށުކަމާކެމީގެ ކަންތައްތަކާއި، ނުކުޅެދޭ މީހުންނާއި، ދޮށީ ޢުމުރުފުރައިގެ މީހުންނާއި ގުޅޭ މަސައްކަތްތަކާއި އެކަންކަމާބެހޭ ރިޕޯޓްތައް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމަކޮށް ކުރުވުން 
  14. ރަށުގެ މަސްކަޑަތަކާއި ޤަބުރުސްތާނާއި ރަށުގެ ބަނދަރާއި ގޮނޑު ދޮށާއި ރަށުތެރެއާއި މަގުތަކާއި، ގޯތިތައް ސާފުކޮށް ގޯއްޗާއި މަގުމަގަށް އަރާ ރުއްގަސް ކެނޑުމާއި ބެހޭ މަސައްކަތްތައް ކުރުވުން
  15. ގޯތި ގޯތީގެ އިމާއި ގުޅޭ މައްސަލަތައް ބެލުމާއި، ބައިކުރަންޖެހޭ ގޯތިތައް ބައިކުރުމާއި، އަމިއްލަ ކުރަން ބޭނުންވާ ބިންތައް އަމިއްލަ ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން  
  16. ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ރަށުގެ ބިމުގެ ބޭނުން ކުރާ ފަރާތްތަކުގެ މައްސަލަތައްބަލައި އެފަދަ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  17. ރަށުގެ އިޙްތިޞާޞް ހިމެނޭ ސަރަޙައްދުގައި އޮންނަ ވެހިމަސް ޤަވާއިދާއި ޚިލާފަށް ބޭނުމާއި ހިފުމާއި، ކިރިއްސާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމާއި އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން    
  18. ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ މުނާސަބާތަކާއި، ލާމަރުކަޒީ ޤާނޫނުން ކައުންސިލްގެ މައްޗަށް ހިންގުމަށް ލާޒިމުކޮށްފައިވާ މުބާރާތްތަކާއި، މަސައްކަތު ތާވަލުގައި ބަޔާންކޮށްފައިވާ އެންމެހާ ހަރަކާތްތަކާއި، މުބާރާތްތައް، އިންތިޒާމްކޮށް ރާވާ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން  
  19. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން، އެ މަސައްކަތްތައް ކުރުމާއި، މުއައްޒަފާއި ސްޕަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ މުއައްޒަފުންގެ އެޕްރައިޒަލް އަދާހަމަކުރުމާއި އަދި ކައުންސިލްގެ ފަރާތުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ކުރަންޖެހޭ މަސައްކަތް ކުރުން 
  20. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 ނުވަތަ

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް)

  • އެކައުންޓިންގ                                 
  • އެޑްމިނިސްޓްރޭޝަން  
  • އެގްރިކަލްޗަރަލް ސައިންސް  
  • އެންތްރޯޕޮލޮޖީ  
  • އާކިޓެކްޗަރ  
  • ބިޒްނަސް  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ސިވިލް އިންޖިނިއަރިންގ  
  • ކޮމާސް  
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  • ކޮމްޕިއުޓަރ ސައިންސް  
  • ކައުންސިލް އެޑްމިނިސްޓްރޭޝަން  
  • ކަލްޗަރ އެންޑް ހެރިޓޭޖް  
  • ޑިމޮގްރަފީ  
  • ޑިވެލޮޕްމަންޓް ސްޓަޑީޒް  
  • ދިވެހި ލެންގްއޭޖް  
  • އިކޮނޮމިކްސް  
  • އެޑިއުކޭޝަން  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ފައިނޭންސް  
  • ގަވަރނަންސް  
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  • ހިއުމަން ރިސޯސް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންޓަނޭޝަނަލް ރިލޭޝަންސް  
  • ލޯ  
  • ލީޑަރޝިޕް  
  • ލައިބްރަރީ ސައިންސް  
  • ލޯކަލް ގަވަރނަންސް  
  • މެނޭޖްމަންޓް  
  • މެރިން ސައިންސް  
  • މާކެޓިންގ  
  • އޮފީސް އެޑްމިނިސްޓްރޭޝަން  
  • ޕޮލިސީ ސްޓަޑިޒް  
  • ޕޮލިޓިކަލް ސައިންސް  
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް މޭނޭޖްމަންޓް  
  • ޕަބްލިކް ޕޮލިސީ  
  • ޕަބްލިކް ރިލޭޝަންސް  
  • ރިލިޖަސް ސަރވިސަސް  
  • ޝަރީޢާ އެންޑް ލޯ  
  • ސޯޝަލް ސައިންސް  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ  
  • ސްޕޯޓްސް މެނޭޖްމަންޓް  
  • ސްޓެޓިސްޓިކްސް  
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  
  • އަރބަން ޕްލޭނިންގ  
  • އާބަން ސްޓަޑީޒް  

މަޤާމުގެ ކޯ ޑިސިޕްލިން.

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާ އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުޠު ހަމަވުން %30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އެސެސްމެންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)
  • ޕްރެޒެންޓޭޝަން
  • އިންޓަރވިއު %30

މަޤާމަށް އައްޔަންކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން. އަދި
  2. މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ 13:00 ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 ޖުލައި 31 އިން 2025 އޮގަސްޓް 25 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާ ގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމް ފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޖުލައި 2025
ހޯދާ