ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2025/20 (29 ޖަނަވަރީ 2025) އިޢުލާނުގައިވާ ސްޕެސިފިކޭޝަން ބަދަލުވެފައިވާތީ، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2025 ޖުލައި 20 ން 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP
- ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންތިރީގައިވާ އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ. ތުޅާދޫ
ފޯން: 6600043
އީމެއިލް: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2025 އޯގަސްޓް 5 ވާ އަންގާރަ ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.