އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް.ހޮސްޕިޓަލަށް އެންޓިވައިރަސް ސޮފްޓްވެއަރއެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ: 72137-IU/PR/2025/

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-47

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް.ހޮސްޕިޓަލަށް އެންޓިވައިރަސް ސޮފްޓްވެއަރއެއް ހޯދުން.

 

ތިރީގައިވާ ތަފްސީލާއި އެއްގޮތަށް މިހޮސްޕިޓަލަށް އެންޓިވައިރަސް ސޮފްޓްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

Details

Quantity

Term

Endpoint Protection for PCs(Windows /Mac)

725

03 years

Endpoint Protection for Servers (Windows/ Linux)

118

03 years

Central Mobile Advances

20

03 years

 

Specification Sheet attached in https://www.igmh.gov.mv/publications/tenders/ 

 

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  •  ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗައް ވޮރެންޓީއެއް ދޭންވާނެއެވެ. 
  • އައިޖީއެމް ހޮސްޕިޓަލްއަށް ސަޕްލައިކުރާ މުދަލަކީ އަސްލު (އޮރިޖިނަލް) އައިޓަމްކަން އެނގޭނެ މެނުފެކްޗަރގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. 
  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • ސްޕެސިފިކޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތައް / އޮތޮރައިޒް ޕާރޓްނަރ ލެޓަރ

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ރިކްއަރމެންޓް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

އައި.ޖީ.އެމް ހޮސްޕިޓަލަށް އެންޓިވައިރަސް ސޮފްޓްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 28  ޖުލައި  2025 ވަނަ ދުވަހުގެ 10:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  •  ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-      ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-      ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

 

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

25 މުޙައްރަމް 1447

20 ޖުލައި  2025

20 ޖުލައި 2025
ހޯދާ