މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އ.ތ.މ ކޮމެޓީގެ ފަރާތުން

އިޢުލާން

 

މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އ.ތ.މ ކޮމެޓީގެ ފަރާތުން "ވަންޑޭ ކަޕެއް" ބޭއްވުމާއި ގުޅޭ:

މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އ.ތ.މ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން  އިންނަމާދޫގެ އަންހެނުނަށް ހާއްސަކޮށްގެން "ވޮލީ ވަންޑޭކަޕް" ގެ ނަމުގައި ބާއްވާ އެއްދުވަހުގެ ވޮލީ މުބާރާތުގައި ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށަހެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ 8 މީހުންނެވެ. އަދި ގިނަވެގެން 10 މީހުންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައި ނަމަ  (7331750) އ.ކައުންސިލް އޮފިސަރ ފާޠިމަތު ޔުސައިރާއަށް ގުޅުއްވުން އެދެމެވެ.

 

ވޮލީގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

1-     1 ވަނައަށް -/1500

2-     2 ވަނައަށް -/1000

3-     3 ވަނައަށް -/500

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2025
ހޯދާ