މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

25 ބުރީގެ ޓްރެޜަރީ ބިލްޑިންގ ތަރައްޤީކުރުން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބޭނުމަށް، މާލޭގެ 379 ނަންބަރު ކޮށީގައި (32,500 އަކަފޫޓު) 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސްއެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K/13/2014/290) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފީމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު، މިމަސައްކަތަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާ އެއްގޮތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ޙާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިކަމާބެހޭ މަޢުލޫމާތާއި އިތުރު ތަފުސީލު، މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349191 ،3349266

ފެކްސް:3320706 ،3324432،

އީމެއިލް އެޑްރެސް: [email protected]

           [email protected]

15 ސެޕްޓެންބަރު 2015
ހޯދާ