މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު G-20/2022 (ގެދޮރޮވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާއި ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/45 (29 މޭ 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ މި މިނިސްޓްރީގެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ށ) ގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވުމުން، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމެއްކަމުގައިވާތީ، އެކަމަށް ރިޔާޢަތްކޮށް ދަންނަވަމެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ޙަވާލާދީފައިވާ މި މިނިސްޓްރީގެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ށ) އަށް ޢަމަލުނުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓާ ގުޅިގެން، ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ދެންނެވުނު ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެއެވެ.

19 ޖުލައި 2025
ހޯދާ