ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ޤާނޫނީ ލަފާ (ލީގަލް ރީޓެއިނަރ) 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)MHCL-P/1/2025/14 ގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ބީލަން އިވޭލުއޭޝަން ކުރުމުގެ މިންގަނޑުތައް ސާފުކޮށް ބަޔާންކުރެވިފައި ނުވާތީވެ، އެ އިޢުލާނާއި ގުޅިގެން ހުށައެޅި ބީލަންތައް ކެންސަލްކުރުމަށްފަހު އަލުން ޤާނޫނީ ލަފާގެ ޙިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2025 ވާ ހޯމަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމާއިގުޅިގެން މަޢުލޫމާތެއް ސާފުކޮށްލަން ބޭނުންފުޅުނަމަ މި ކޯޕަރޭޝަންގެ [email protected] އަށް މެއިލްކުރެއްވުންއެދެމެވެ.
ތަފްސީލް |
ތަން |
ސުންގަޑި |
ބިޑް ރެޖިސްޓްރޭޝަން |
https://forms.office.com/r/GTXxJvp1kC ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
21 ޖުލައި 2025 / 10:00 ގެ ކުރިން |
ބީލަން ހުށަހެޅުން |
މޯލްޑިވްސް ޙައްޖުކޯޕަރޭޝަން، ގ. ސިކަންދަރުގެ، ލޮނުޒިޔާރަތްމަގު |
24 ޖުލައި 2025 / 11:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މޯލްޑިވްސް ޙައްޖުކޯޕަރޭޝަން، ގ. ސިކަންދަރުގެ، ލޮނުޒިޔާރަތްމަގު،ގައެވެ