ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

 

FSM-ADV/2025/085

 

 

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ޗީފް އިންޖިނިއަރ، ލޮޖިސްޓިކްސް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        އިންޖީނު ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއެއް ހިންގުމާއި މަރާމާތުކޮށް ބެލެހެއްޓުން.

-        ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން ހުރިހާ ސާމާނެއް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން.

-        މަސައްކަތުގެ  މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކަށް ތަބާވުން.

-        އުޅަނދުފަހަރާއި ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަޅުވެރިންނާއި ސާފުވާނެހެން މުޢާމަލާތުކޮށް، ކުއްލި ޙާލަތްތަކުގައި އަޅަން ހުރިފިޔަވަޅުތައް އެޅުން.

-        އުޅަނދުފަހަރަކީ ސަރުކާރުގެ ޤަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާ އުޅަދެއްކަން ކަށަވަރުކުރުން.

ޝަރުތުތައް:

-        ޓްރާންސްޕޯޓް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ CDC އާއި COC 3000BHP އަށް ވުރެން ދައްނޫން ސެޓްފިކެޓެއް އޮތުން

-        އެޑްވާންސް ޓްރެއިނިންގ ފޯ އޮއިލް ޓޭންކަރ ކާގޯ އޮޕަރޭޝަންސް ސެޓްފިކެޓް އޮތުން

-        2 އަހަރު ދުވަހުގެ ސައްހަ ސީމަން މެޑިކަލެއް އޮތުން

މުސާރަ:

-        35,000ރ އާއި 36,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކް ޑިޕާޓްމަންޓް /  ބާރޖް

 

މަޤާމް:

އެސިސްޓަންޓް މެރިން ކުކް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-        ސީމަން މެޑިކަލް ސެޓްފިކެޓް ހާސިލްކޮށްފައިވުން (2 އަހަރު ދުވަހުގެ މުއްދަތު ހުރުން)

-        ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގް ތައް ފުރިހަމަކޮށްފައިވުން

  • ޕާރސަނަލް ސަވައިވަލް ޓެކްނިކްސް
  • ފަޔަރ ފައިޓިންގ އެންޑް ފަޔރ ޕްރިވެންޝަން
  • އެލިމަންޓްރީ ފަސްޓް އެއިޑް
  • ޕާރސަނަލް ސޭފްޓީ އެންޑް ސޯސަލް ރެސްޕޮންސިޕިލިޓީ
  • ޕްރޮފިސެންސީ އިން ސެކިއުރިޓީ އެވައަރނެސް

-        02 އަހަރުގެ ތަޖުރިބާ ލިބިފައިވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަސްޢޫލިއްޔަތު:

-        ފަޅުވެރިންގެ ސިއްޚަތާއި ޚިދުމަތުގެ ފެންވަރަށް ސަމާލުވުމާއިއެކު ފަޅުވެރިންގެ ކާބޯ ތަކެތި ތައްޔާރުކުރުން.

-        ކާބޯތަކެތި ރައްކާތެރިކަމާއިއެކު ސްޓޯކޮށް ބެލެހެއްޓުން

-        ފަޅުވެރިންނަށް ކެއުން ކައްކާ ތައްޔާރުކުރުން

-        ބަދިގެ ސާފުތާހިރުކަން ބެލެހެއްޓުން

-        ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ތަބާވުން

-        މިނިވަންކަމާއެކު އަދި އުޅަނދުފަހަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ވާޖިބުތައް އަދާކުރުން

މުސާރަ:

11,000ރ އާއި 12,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

17 ޖުލައި 2025

 

17 ޖުލައި 2025
ހޯދާ