އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - މިއިދާރާގެ ސްޓާފް ނައިޓުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިއިދާރާގެ ސްޓާފް ނައިޓުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
 - މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
 - ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ  2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
 - ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 2025 އޮގަސްޓް 06 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
 - މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
އީމެއިލް: [email protected]
22 މުހައްރަމް 1447
17 ޖުލައި 2025
             17 ޖުލައި 2025
            
        
                    ހޯދާ  
                
                