ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
2026 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 2026 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް ހިމަންދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
ވީމާ، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ގްރޭޑް |
2026 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް |
އެލް.ކޭ.ޖީ |
2025 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން، އަދި 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ. |
ގްރޭޑް 1 |
2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން، އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
- އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
- ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ. ނަމަވެސް ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ނާސަރީ ފުރިހަމަކުރުމަށްފަހު އެލް.ކޭޖީއަށް ވަދެވޭނެއެވެ.
އެޑްމިޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
- · ދަރިވަރުގެ އައިޑީކާޑު އަދި ކޮޕީ،
- · ބެލެނިވެރިޔާގެ އައިޑީ.ކާޑުގެ ކޮޕީ،
- · ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.
17 ޖުލައި 2025