ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ މަސައްކަތްކުރުމަށް ތިނަދޫސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ކުލި ނުދައްކާ ބިންތަކުގެ މަޢުލޫމާތު ހާމަކުރުން.

އިޢުލާން

ސިނާޢީ މަސައްކަތްކުރުމަށް ތިނަދޫސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ކުލި ނުދައްކާ ބިންތަކުގެ މަޢުލޫމާތު ހާމަކުރުން.

ސިނާޢީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 30 ޖޫން 2025 ގެ ނިޔަލަށް ކުލި ނުދައްކާ ހުރި ބިންތަކުގެ މަޢުލޫމާތު ޢާއްމު ކުރަމެވެ. 30 ޖޫން 2025 ގެ ނިޔަލަށް ބިމުކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުލިބިހުރީ 29,954,660.46 (ނަވާވީސް މިލިޔަން ނުވަސަތޭކަ ފަންސާސް ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ ސާޅީސް ހަލާރި) އެވެ. މި މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު ހާމަ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ފައިސާ ދެއްކުމަށް ދަންނަވައި އިދާރާގެ އެސް އެމް އެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެމަހެއްގެ 1 ވަނަ ދުވަހު މެސެޖު ފޮނުވެއެވެ. އަދި ކޮންމެ މަހެއްގެ 10 ވަނަ ދުވަހު އިދާރާއިން އެސް އެމް އެސް  މެދުވެރިކޮށް ފައިސާ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމުން ގެންދެވެއެވެ. މީގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވަމުން ގެންދެވެއެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 5.26 ގެ (ށ)  އަދި (ނ) ގައިވާ ގޮތުގެ މަތިން 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް 2 ފަހަރުމަތިން ދެންނެވުމަށްފަހު، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 5.26 ގެ (ރ) ގައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ މަސައްކަތް މިއިދާރާއިން ދަނީ ކުރަމުންނެވެ.   

ވީމާ، ބިމުކުލި ނުދައްކާ ފަރާތްތަކުން ބިމު ކުލި މަހުންމަހަށް ދައްކަމުން ގެންދެވުން އެދެމެވެ.

22 މުޙައްރަމް 1447 .ހ

17 ޖުލައި 2025
ހޯދާ