މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-މި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން އަރި އަތޮޅު (އުތުރު އަދި ދެކުނު) ކަނޑުއަޑީގެ ސާރވޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ދުވަހު ކުއްޔަށް ކަނޑުއުޅަނދެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން އަރި އަތޮޅު (އުތުރު އަދި ދެކުނު) ކަނޑުއަޑީގެ ސާރވޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ދުވަހު ކުއްޔަށް ކަނޑުއުޅަނދެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 11:00

ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322242 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް

އަންދާސީ ހިސާބު ހުށަހެޅުން

30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322242، 3028703 އަދި 3339239 ނަންބަރު ފޯނަށެވެ.

17 ޖުލައި 2025
ހޯދާ