ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކުރުން

          މި އިދާރާގެ އިއުލާން ނަންބަރު (IUL)260-CA/260/2025/72 ( 25 މޭ 2025 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

          މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.  

            ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

23 ޖުލައި 2025 ، ބުދަ

10:00

ޕްރީ ބިޑް މީޓިންގ: ނައިވާދޫ ކައުންސިލް އިދާރާގައި ( އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިންކް ފޮނުވޭނެއެވެ.)

23 ޖުލައި 2025 ، ބުދަ

ރަޖިސްޓްރީވާ ފަރާތްތަކަށް ގަޑި އަންގާލެވޭނެ

ބީލަންތައް ހުށަހެޅުމާއި ހުޅުވުން

04 އޯގަސްޓް 2025، ހޯމަ

11:00

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520643 އަށެވެ.

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.office.com/r/b4qKMCW4ry
  • ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކޮށްދިނުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

              އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

17 ޖުލައި 2025
ހޯދާ