ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި 2025 ގެ ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ފީއަލީ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

ބައްދަލުވުމުގެ އެޖެންޑާ:

-          2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުން.

-          ތަރައްޤީ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު ހިއްސާކުރުން.

-          ތަރައްޤީގެ މަޝްރޫޢުތަކާއި ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވެމުންދާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުން.

-          ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ފުރުޞަތުދިނުން.

 

       ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ފީއަލީގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                22  A  1447 ހ.

17 ޖުލައި 2025 މ.

17 ޖުލައި 2025
ހޯދާ