މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރުންގެ ސެރެމޯނިއަލް ޔުނިފޯމް-2 ގެ ގަމީސް ފަހާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

    ކަސްޓަމްސް އޮފިސަރުންގެ ސެރެމޯނިއަލް ޔުނިފޯމް-2 ގެ ގަމީސް ފަހާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 19 މޭ 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/34  އިޢުލާނުގެ ބީލަން ކާމިޔާބު ކުރި ފަރާތުން މި މަސައްކަތް ކުރުމަށް އުޒުރުވެރިވާތީ، 19 މޭ 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/34  އިޢުލާނު ބާޠިލުކޮށް، ކަސްޓަމްސް އޮފިސަރުންގެ ސެރެމޯނިއަލް ޔުނިފޯމް-2 ގެ ގަމީސް ފަހާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

    ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މިތަކެތި ފަހާ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޖުލައި 2025
ހޯދާ