ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ބިޒްނަސް ޑިވެލޮޕްމަންޓް)

މަޤާމް :ޑިރެކްޓަރ (ބިޒްނަސް ޑިވެލޮޕްމަންޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ގްރޭޑް:

09

ސްޕައިން ޕޮއިންޓް:

46

މަޤާމުގެ މުސާރަ:

މަހަކު 15,246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,534.00 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

 

 

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 9 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

 

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ބިޒްނަސް، ބިޒްނަސް ޑިވެލޮޕްމަންޓް، އިކޮނޮމިކްސް، ކޮމާރސް

 ތަޢުލީމީ ރޮނގުތައް: ބިޒްނަސް، ބިޒްނަސް ޑިވެލޮޕްމަންޓް، އިކޮނޮމިކްސް، ކޮމާރސް

 ޕްރިފަރޑް ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

 ކޯ ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް، ޔުނިވަރސިޓީއަށް ކުރެވިދާނެ ވިޔަފާރީގެ ފުރުޞަތުތައް ދިރާސާކޮށް ހޯދުމާއި، ވިޔަފާރި ޕްރޮޕޯސަލްތަކާއި، އިންވެސްޓްމަންޓް ފުރުސަތުތަކާއި، ޕްރޮޖެކްޓް ޑޮކިއުމަންޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  • ހުށަހެޅޭ އެންމެހައި އައު ވިޔަފާރިތަކާއި މަޝްރޫޢުތަކަށް ފުރިހަމަ ފީޒިބިލިޓީ ރިޕޯރޓްތައް އެކުލަވާލުން. 
  • ވިޔަފާރި އަދި އިސްވެސްޓްމަންޓްއާއި ގުޅޭ މާކެޓް އެނަލިސިސްތައް ހެދުމާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގެ ވިޔަފާރިތަކުގައި އަންނަ ބަދަލުތަކާއި ފުރުޞަތުތަކާ ގުޅޭ ދިރާސާތައް ކުރުމާއި ޔުނިވަރސިޓީއަށް ބޭނުންވާ މިންވަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ކައުންސިލްއިން ވިޔަފާރިއާއި ގުޅޭ ނިންމުންތައް ނިންމުމަށް ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ވިޔަފާރި ތަރައްޤީކުރުމުގެ ޙަރަކާތްތަކާއި، ޕައިޕްލައިންގެ ޙާލަތާއި، ޕަރފޯމަންސްގެ މިންގަނޑުތަކާ ގުޅޭ ގޮތުން އިސް ވެރިންނަށާއި ކަމާގުޅޭ މަޞްލަޙަތުވެރިންނަށް ބޭނުންވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުން.
  • އެއްވެސް ބަދަލެއް ނުވަތަ އިސްތިރާޖީ ބަދަލެއް ފާހަގަކުރެވިއްޖެނަމަ، ކަމާ ބެހޭ ކޮމިޓީތަކަށް ނުވަތަ ކައުންސިލަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން.
  • ވިޔަފާރިއާ ގުޅުންހުރި ހުރިހާ އެއްބަސްވުންތަކާއި ކޮންޓްރެކްޓްތައް ޑްރާފްޓްކުރުމާއި، ސޮއިކުރުވުމާއި، އަދި ބެލެހެއްޓުން.
  • ޔުނިވަރސިޓީގައި އެންޑަވްމަންޓް ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  • ޔުނިވަރސިޓީގެ ދުރު ރާސްތާގެ މާލީ ޕްލޭންތަކާއި ސަސްޓެއިނަބަލް މާލީ ނިޒާމެއް ގާއިމުކުރެވޭނެ ފަދަ އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، މެނޭޖްމަންޓަށް ހުށަހެޅުން،
  • ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުން. މީގެ ތެރޭގައި ޕާޓްނަރުންގެ ގޮތުގައި ހިމެނިދާނެ ފަރާތްތަކާއި، ސިނާޢަތްތަކުގެ އިސް ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަދި މާލީ މުއައްސަސާތައް ހިމެނެއެވެ.
  • ޔުނިވަރސިޓީ ތަމްސީލުކުރުމަށް އެކި ސިނާޢަތްތަކުން ރާވާ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، އަދި ނެޓްވޯރކިންގ އިވެންޓްތަކުގައި ބައިވެރިވެ، ޔުނިވަރސިޓީގެ ފެންނަ މިންވަރު އިތުރުކޮށް، އައު ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުން.
  • ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިރުޝާދުދީ މަގުދެއްކުން، އަދި އަބަދުވެސް ދަސްކުރުމާއި ކުރިއެރުވުމުގެ ސަގާފަތަކަށް ހިތްވަރުދީ އާލާކުރުން.
  • ޔުނިވަރސިޓީގެ ކެމްޕަސްތަކާއި، ސްކޫލްތަކާއި، ފެކަލްޓީތަކާއި، އަދި ސެންޓަރުތައް ފިޔަވައި އެހެނިހެން ބައިތަކަށް ދުރު ރާސްތާގެ ޕްލޭންތައް އެކުލަވާލުމުގައި ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، އަހަރީ އެކްޝަން ޕްލޭންތައް އެކުލަވާލުމާ މުރާޖަޢާކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  • މަސައްކަތުގެ ދާއިރާއިން ބޭނުންވާ ވަގުތީ ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމާއި ހުށަހެޅުން.
  • ސްޓްރެޓެޖިކް ޕްލޭނިންގ ސެޝަންތަކާއި ވަރކްޝޮޕްތައް ވިލަރެސްކުރުން.
  • އެމްއެންޔޫގެ އިންކިއުބޭޓަރުތައް ދުވަހުން ދުވަހަށް ބެލެހެއްޓުން، އަދި ސްޓާޓްއަޕްތަކަށް މެންޓަރޝިޕް، ޤާނޫނީ، ވިޔަފާރީގެ ލަފާ އަދި ފަންޑިންގ ފުރުޞަތުތައް ހިމެނޭ މަތީ ފެންވަރުގެ އެހީތެރިކަން ފޯރުކޮށްދިނުން.  ފޯރުކޮށްދިނުން.
  • އިންކިއުބޭޓްކުރެވޭ ސްޓާޓްއަޕްތަކުގެ އައިޑިއާތައް ތަރައްޤީކޮށް، މާކެޓަށް ނެރެ، ވިޔަފާރި މޮޑެލް ރަނގަޅުކޮށް، ފުޅާކޮށް، ކުރިއަށް ގެންދިއުމަށް މަގުދައްކައި އެހީތެރިވުން.
  • އެމްއެންޔޫގެ ދިރާސާތައް ވިޔަފާރިކުރުމަށް ސްޕިން-އޮފް، ލައިސަންސިންގ، އަދި ސްޓާޓްއަޕްގެ މަގުފަހިކުރުން.
  • އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނާއި ކުރީގެ ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކުރުމަށް، ވޯކްޝޮޕްތަކާއި، އީޖާދީ ގޮންޖެހުންތަކާއި ނެޓްވޯކް އިވެންޓްތައް ބޭއްވުން.
  • އިންކިއުބޭޓަރުތަކުގެ ބަޖެޓާއި ވަސީލަތްތައް ބަލަހައްޓައި، ގްރާންޓް، ސްޕޮންސަރޝިޕް، އަދި ޕާޓްނަރޝިޕްތަކުން އެ ތަންތަން ދެމެހެއްޓެނިވިކަން ކަށަވަރުކުރުން.
  • އެމްއެންޔޫގެ އިންކިއުބޭޓަރުތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އީޖާދީ ފޯރަމްތަކުގައި ތަމްސީލުކޮށް، ސްޓާޓްއަޕް އަދި އައު އީޖާދުތަކުގެ ނިޒާމުގައި އެމްއެންޔޫގެ ދައުރު ފުޅާކުރުން.
  • އިންކިއުބޭޓަރުތަކުގެ ފެންވަރާއި، ސްޓާޓްއަޕްތަކުގެ ކުރިއެރުމާއި، ޕާޓްނަރޝިޕްތަކުގެ ނަތީޖާ މޮނިޓަރކޮށް، އެމްއެންޔޫ ލީޑަރޝިޕަށް ރިޕޯޓުކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-117

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
17 ޖުލައި 2025
ހޯދާ