މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ސަރަޙައްދުގައި ހުރި ދަރުތައް ސިޓީލާ ނީލަމުގައި ވިއްކާލުން

         ރ. އަނގޮޅިތީމުން 2025 ވަނަ އަހަރު ދޫކޮށްފައިވާ ގޯތިތަކުގެ ސަރަޙައްދުގައި ހުރި ދަރުތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުން ވެއެވެ.

        ވީމާ ، މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން  20 ޖުލައި 2025 ން ފެށިގެން 23 ޖުލައި 2025 ގެ 14:00ގެ ކުރިން އެކަމަށް އެދި ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ބަލައިގަތުން ހަމަޖެހިފައިވަނީ ކޮށްމެ ދުވަހެއްގެވެސް ހެނދުނު 8:00ން މެންދުރުފަހު 14:00 ދޭތެރޭގައެވެ. މި މަސައްކަތް ހަވާލުކުރެވޭނީ މި މުއްދަތުގައި އެންމެ ބޮޑު އަގު ހުށައަޅުއްވާ ފަރާތަކަށެވެ.

              މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން ނުވަތަ ރަސްމީގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުން އެދެމެވެ.

 

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

16 ޖުލައި 2025
ހޯދާ