މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ހޮޅުދޫ ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެންޓުން ހޯދުން (ވަގުތީ)

                                                        ނަމްބަރ: (IUL)295-A/295/2025/52

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ނ.ހޮޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މުއައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ އަދަދު:       

03 (ތިނެއް)

މުއްދަތު:

01 (އެކެއް) އަހަރު

މުސާރައާއި ޢިނާޔަތް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350/- (ތިންސަތޭކަ ފަންސާސް ރުފިޔާ)

މަސައްކަތްކުރަންޖެހޭ ވަގުތު:

މަސައްކަތަށް ނިކުންނަންޖެހޭ ކޮންމެ ދުވަހަކު ދުވާލަކު 08 ގަޑިއިރު (މިވަގުތުގެ ތެރޭގައި 01 ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ،  މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  1. ކުނިނައްތާލުމަށް ކުނިކޮށީގައި ބެހެއްޓިފައިވާ މެޝިންތައް ބޭނުންކޮށްގެން ކުނިނައްތާލުމުގެ މަސައްކަތްކުރިޔަށް ގެންދިޔުން
  2. ކުނިއުކާލުމުގެ މަސައްކަތްކުރުން
  3. ލޭންޑްޔޫސް ޕްލޭންގެ ދަށުން ހޮޅުމީދޫ ތަރައްޤީ ކުރުމަށްޓަކައި ކުރެވޭ އެކިއެކި މަސައްކަތްކުރުން ( ގަސްކެނޑުން، ސާފުކުރުން )
  4. މިނޫންވެސް ކައުންސިލުން އަންގާ މުނިސިޕަލް ސަރވިސްގައި ހިމެނޭ މަސައްކަތްކުރުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް: 

  1. - ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

16 ޖުލައި 2025

16 ޖުލައި 2025
ހޯދާ