ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަން ގަވް ސަޕޯޓުގައި ވިޔަފާރި ރަޖިސްޓްރޭޝަން ޚިދުމަތްތަކަށް ޚާއްޞަ އެކްސްޓެންޝަނެއް ތަޢާރަފުކުރުން

16 ޖުލައި 2025 އިން ފެށިގެން، ވަން ގަވް ސަޕޯޓް (1500) އިން ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ޚިދުމަތްތަކަށް ޚާއްޞަ އެކްސްޓެންޝަނެއް ތަޢާރަފުކޮށްފައިވާ  ވާހަކަ ދަންނަވަމެވެ.

މިހާރު ކަސްޓަމަރުންނަށް 1500 އަށް ގުޅައި، ކިޔޫ އޮޕްޝަން 2 އިޚްތިޔާރުކޮށްގެން ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ، ސީދާ އޭޖެންޓަކާ ގުޅުވައިދެވޭނެއެވެ.

މި އިތުރުކުރެވުނު ޚިދުމަތަކީ ޚިދުމަތް ލިބިގަތުމުގެ ފަސޭހަކަން އިތުރުކޮށް، ވިޔަފާރިތަކަށް އަވަސް އަދި ހަރުދަނާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލެކެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭ މަޢުލޫމާތުގެ ފެންވަރު މަތިވެ، ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ މުޢާމަލާތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.

16 ޖުލައި 2025
ހޯދާ