ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން:
މިއިދާރާގެ ނަންބަރ: (IUL)353/353/2025/63 (2025.07.08) އިޢުލާނުން ޢާއްމުކޮށްފައިވާ ބައްދަލުވުން ވަނީ ފަސްކުރެވިފައެވެ. އެހެންކަމުން ޤާނޫން ނަންބަރު: 7/2010 "ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން" ގެ 110 ވަނަ މާއްދާގައިވާގޮތުގެމަތިން ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހެޅުމަށާއި ލޭންޑް ޔޫސް ޕްލޭން ރިވިއުކުރުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުން 18 ޖުލައި 2025 ވާ ހުކުރު ދުވަހުގެރޭ 8:45 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ރަށުގެ ވީހާގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް ދަންނަވާ ޢާންމުކޮށް އިޢުލާން ކުރަމެވެ.
އިބުރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް