ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ސައުންޑް ސިސްޓަމް ލުމަށް ބޭނުންވާ ލަކުޑި ފޮށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.

                     ކައުންސިލް ސައުންޑް ސިސްޓަމް ލުމަށް ބޭނުންވާ ލަކުޑި ފޮށި ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                      ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                      މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                      މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ޕްރޮކިއުމަންޓް ނަމްބަރ 6500353 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޖުލައި 2025
ހޯދާ