ދިވެހިރާއްޖެ
އިޢުލާން
އިމާރާތް މަރާމާތުކުރުން
ޞިއްހީމަރުކަޒުގެ އިމާރާތުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ޖުލައި 2025 ދުވަހުން ފެށިގެން20 ޖުލައި 2025 އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު މިމަރުކަޒަށް ހުށައެޅުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 21ޖުލައި 2025 ދުވަހު 13:30 ގައި މިމަރުކަޒުގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 24 ޖުލައި 2025 ދުވަހުގެ 13:30 ގައި ކާށިދޫ ޞިއްޙީމަރުކަޒު ގައެވެ.
ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6640452 އަށް ގުޅުއްވުން އެދެމެވެ.