| 
 01 
 | 
 ބޭނުންވާ އަދަދު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް.3) 
 | 
 މަޤާމު 
 | 
| 
 މަހަކު -/1,500 ރުފިޔާ 
 | 
 ސާރވިސް އެލަވަންސް 
 | 
 -/4465 ރުފިޔާ 
 | 
 މުސާރަ 
 | 
| 
 ރަޖިސްޓްރާރ ސެކްޝަން (D) 
 | 
 ސެކްޝަން 
 | 
 ޖުވެނައިލް ކޯޓު / މާލެ  
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު؛ 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
 
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
 
 
 | 
 މަޤާމުގެ އަސާސީ ޝަރުޠު 
 | 
- ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށް ފަރިތަ ފަރާތަކަށްވުން.
 
- ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.
 
 
 | 
 އެހެނިހެން ޝަރުޠު 
 | 
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅާއަށް އެންޓަރ ކުރުން.
 
- "ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާނެ ޤާނޫނީވަކީލުންގެ ރަޖިސްޓްރީ" ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
 
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމާއި، އެކިއެކި އިދާރާތަކަށް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓް ކުރުމާއި ލިޔެ ފޮނުވުން.
 
- ކޯޓުގެ ވެބްސައިޓަށް ލުމަށާއި، މީޑިއާތަކަށް ހިއްސާކުރުމަށް ތައްޔާރުކުރަންޖެހޭ ޚަބަރުތައް ތައްޔާރުކުރުމާއި އެއާ ގުޅިގެން އަޅަންޖެހޭފިޔަވަޅުތައްއެޅުން.
 
- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
 
- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ކޯޓުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއިފޮތްފަދަ ތަކެތި، ސެކްޝަންވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
 
- ސެކްޝަނުގައި ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.
 
 
 | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު 
 | 
| 
   މި މަޤާމަށް ހޮވޭފަރާތްތަކަށް:  
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 ލިބޭނެ.
 
- ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
 
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
 
 
 | 
 އެހެނިހެން ޢިނާޔަތްތައް 
 | 
| 
 މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ. 
 | 
 ހުށަހަޅަންޖެހޭ  ލިޔުންތައް 
 | 
| 
 01 އޮކްޓޫބަރު 2015 ދުވަހުގެ 14:00   
 | 
 ސުންގަޑި 
 | 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރިޑެޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
 
- އިޢުލާންގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ފެކްސް އިން ނުވަތަ އީމެއިލްއިން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.
 
- ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.
 
 
 | 
 އިތުރު މަޢުލޫމާތު 
 |