މަގާމު:
|
އޮފީސް އެސިސްޓެންޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާގެ ބޭނުން:
|
އޮފީސް ސާފުކުރުމާއި، ބައްދަލުވުންތަކަށް ތަންތައްޔާރުކުރުމާއި، ތަކެތި ތަންތަނަށް ގެންދިއުމާއި ގެނައުމުގެ ކަންތައްތައް ކުރުމާއި އިދާރީ ބައެއް މަސައްކަތްކުރުން.
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
SS1
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް
|
މުސާރަ:
|
-/5500ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
ކޯޕަރޭޓް އެފެއާޒް
|
މަޤާމުގެ ޝަރުތު:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- A0 އަދި A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހާސިލްކޮށްފައިވުން.
- އުމުރުން 55 އަހަރު ވެފައިނުވުން.
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
- ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އޮފީސް ފޮޅާ ސާފުކުރުމުގައި ހަރަކާތްތެރިވާ މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
- އޮފީހުގެ ސްޓޮކް ބެލެހެއްޓުން.
- އޮފީހުގެ ސައިކޮޓަރި ބެލެހެއްޓުން.
- އެހެން އޮފީހަކަށް ގެންދަންޖެހޭ ތަކެތި ރަސްމީކޮށް ހަވާލުކުރުން.
- އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި ސައި/ ކޮފީ/ ޖޫސް ފަދަ ތަކެތި ތައްޔާރުކުރުން.
- އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
- އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ހަރާކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުން ކުރާ ދަތުރުތަކުގައި ގެންދަންޖެހޭ ތަކެތި ފުރަން ހަމަޖެހިފައިވާ އުނޅަދެއްގެ ކައިރިއަށް އުފުލުމުގައި އެހީތެރިވުން.
- އެހެން ސެކްޝަންތަކުގެ މުވައްޒަފުންނަށް އެހީތެރިވާން ޖެހޭ ހާލަތުގައި އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%30)
- މަސައްކަތުގެ ތަޖުރިބާ (%20)
- އިންޓަވިއު (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
- އެޕްލިކޭޝަން ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
- ސީ.ވީ.
- ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
- ތަޖުރިބާއާގުޅޭ ލިޔުންތައް
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|